ނ.ލަންދޫ ފިނޮޅު އައިޝަތު ސަނާ އާއި، ގދ. ތިނަދޫ އައްސޭރި ޖާވީދު އަހްމަދު ގެ ކައިވެންޏާއި، އަދި ނ.ލަންދޫ ހުދުވެލި ފާތުމަތު ސަމްޒާ އާއި، ނ.ލަންދޫ ފިނޮޅު އަޙްމަދު ޝިމާލުގެ ކައިވެނި ކުރެވުނީ 05 ޝައްވާލު 1431 ހ. 14 ސެޕްޓެމްބަރ 2010 މ. ވީ އަންގާރަ ދުވަހުއެވެ.
މިދެކައިވެނިވެސް ކުރެވިފައިވަނީ ނ.ލަންދޫ ކޯޓްގައި އެދުވަހުގެ މެންދުރު ފަހު 1:30 ގައެވެ. މި ދެކައިވެނިވެސް ކޮށްދެއްވީ ނ.ލަންދޫކޯޓްގެ މެޖިސްޓްރޭޓް އަލްފާޟިލް ޢަބުދުއްޞަމަދު ރަޝާދެވެ. މި ދެކައިވެނީގެވެސް ހެކިވެރިންނަކީ ނ.ލަންދޫ ވިނަރެސް އަލްފާޟިލް އަޙްމަދު ރަޝީދުއާއި، ނ.ލަންދޫ ހީނާވިލާ ހުސެން ޖަވާދެވެ. މިދެ ކައިވެނީގެ ތެރެއިން ސަނާ ގެ ކައިވެނީގެ ރަނަކީ -/143ރ. އެވެ. އަދި ސަމޫޒާ ގެ ކައިވެނީގެ ރަނަކީ -/114ރ. އެވެ.
އެއްދުވަހެއްގައި އެއްގަޑިއެއްގައި ކުރެވުނު މިދެކައިވެނި ކުރެވުނު ހަތަރު ބައިވެރިނަށްވެސް އުފާވެރި ޒަވާޖީ ޙަޔާތެއް މާތްﷲ މިންވަރު ކޮށްދެއްވުމަށް މި ބްލޮގްގެ ފަރާތުން އެދެމެވެ. އާމީން.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލު ދެއްވާ