2010-07-27

ޒިމްނާ އާއި އާތިފްގެ ކައިވެނި


ނ.ލަންދޫ އަޅިވިލާގެ އާތިފް ޙަސަން އާއި، ނ.ލަންދޫ ކަނޑުއޮޅި އާމިނަތު ޒިމްނާ ގެ ކައިވެނިކުރެވުނީ 26 ޖުލައި 2010 މ. 14 ޝަޢުބާން 1431 ހ. ވީ ހޯމަ ދުވަހުގެ މެންދުރު ފަހު 1:00 ގައި ލަންދޫ ކޯޓްގައެވެ.
މިކައިވެނީގެ ހެކިވެރިންނަކީ ނ.ލަންދޫ ގުލްބަކާގެ އަލްފާޟިލް އިބްރާހިމް ދާއޫދާއި، ނ.ލަންދޫ ހީނާމާގެ އަލްފާޟިލް އަބޫބަކުރު ޢަބުދުއްރަހީމް އެވެ. ކައިވެނި ކޮށްދިން މެޖިސްޓްރޭޓަކީ ނ.ކެދިކޮޅު ކޯޓްގެ މެޖިސްޓްރޭޓް އަލްފާޟިލް އިބްރާހިމް މުޙައްމަދު އެވެ.
މިދެކަނބަލުންނަށް މިބްލޮގްގެ ފަރާތުން އުުފާވެރި ބާއްޖަވެރި ޒަވާޖީ ޙަޔާތަކަށް އެދެމެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލު ދެއްވާ