2010-07-30

ލަންދޫއޮފީސް ފުރަތަމަފަހަރަށް ބަޔަކު ނުކުމެ ބަންދުކުރުން


ލަންދޫގެ ތާރީޚްގައި އަދި މިހާތަނަށް ބަޔަކު ނިކުމެ ރަށުއޮފީހުގެ މުވައްޒަފުން އޮފީހުން ނުކުތަނުދީ ބަންދުކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 28 ޖުލައި 2010 ހ. 16 ޝަޢުބާން 1431 ހ. ވީ ބުދަދުވަހު އެވެ.
ގާތްގަޑަކަށް 15 ވަރަކަށް ޒުވާނުން ގެ ބޮލުގައި ހުދުކުލައިގެ ފޮތިފަށްތަކެއް އައްސައިގެން ޕިކަޕެއްގައި ލަންދޫއޮފީސް ކައިރިއަށް އައިސްފައިވަނީ އެދުވަހުގެ ހަވީރު 3:50 ގައެވެ.
ނ.ލަންދޫ ފޭރުގަސްދޮށުގޭ ޢައްބާސް ޢަބުދުﷲ ގެ ޕިކަޕްގައި އަޑުގަދަކުރާ ސިސްޓަމެއް ބަހައްޓައިގެން ރަށުކައުންސިލަރާއި ދެކޮޅަށް ނ.ލަންދޫ އަޅިވިލާގެ މުޙައްމަދު ހަސަން އިސްކޮށް ހުރެގެން އަޑުއުފުލަމުން އެމީހުން އައިސް ޕިކަޕް މަޑުކުރީ އޮފީހުގެ މަގުމަތީ ފާރުގެ ގޭޓާއި، ވަރަށްކައިރީގައެވެ.
އެދުވަހުގެ ހަވީރު 4:00 ން ފެށިގެން ރޭގަޑު 9:00 އާއި ހަމައަށް އޮފީސް ބަންދުކޮށްގެން އެމީހުން ތިއްބެވެ.    

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލު ދެއްވާ