ނ.ލަންދޫ ލަވްސައިޑް އަޙްމަދު ނިޝާން އާއި ނ.ލަންދޫ އުރަހަ އައިޝަތު ޝަކީބާގެ ކައިވެނި ކުރެވުނީ 28 ޖުލައި 2010 ހ. 16 ޝަޢުބާން 1431 ހ. ވީ ބުދަދުވަހުގެ 15:00 ގައެވެ.
މިކައިވެނިކުރެވުނީ ނ.ލަންދޫ ކޯޓްގައެވެ. ހެކިވެރިންނަކީ ނ.ލަންދޫ އައްސޭރި އަލްފާޟިލް އަޙްމަދު ދާއޫދާއި، ނ.ލަންދޫ ގުލްބަކާގެ އަލްފާޟިލް އިބްރާހީމް ދާއޫދެވެ. ކައިވެނި ކޮށްދެއްވި މެޖިސްޓްރޭޓަކީ ނ.ކެނދިކުޅުދޫ ކޯޓްގެ މެޖިސްޓްރޭޓް އަލްފާޟިލް އިބްރާހިމް މުހައްމަދެވެ.
ކައިވެނީގެ ރަނަކީ 111 ރުފިޔާއެވެ. މިކައިވެންޏަކީ ޝަކީބާގެ އަލަތު ކައިވެނިކަމުގައި ވިޔަސް ނިޝާންގެ ދެވަނަ ކައިވެންޏެވެ. ނިޝާން ކުރިން ކައިވެނި ކޮށްފައިވަނީ ނ.ލަންދޫ ކީރަންމާގެ އަލްފާޟިލާ ފަޒީލާ ޙަސަން އާއި އެވެ. ނިޝާންގެ ފުރަތަމަ ކައިވެނި ރޫޅިފައިވާ އިރު ކުއްޖަކު ވަނީ ލިބިފައެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލު ދެއްވާ