2010-03-21

ލައިބް އާއި، ޝިފާގެ ކައިވެނި

ފޮޓޯގައި އެވާ ދެކުދިންކަމުގައިވާ، ނ.ލަންދޫ ވިނަރެސް އަޙްމަދު ރަޝީދު ( ލައިބް ) އާއި، ނ.ލަންދޫ ސާހް އައިޝަތު ޝިފާޒާ ( ޝިފާ ) ގެ އަލަތު ކައިވެނި ކުރެވުނީ މީލާދީން 20 މާރޗް 2010 ވީ ހޮނިހިރު ދުވަހު 13:05 ގައެވެ. އެއީ ހިޖުރީން 4 ރަބީޢުލްއާޚިރު 1431 އެވެ. މިކައިވެނި ކުރެވިފައިވަނީ ނ.ލަންދޫ ސާހް ގައެވެ. ކައިވެނި ކޮށްދެއްވި މެޖިސްޓްރޭޓަކީ ނ.ލަންދޫކޯޓްގެ ޤާޟީ އަލްފާޟިލް އަބުދުއްޞަމަދު ރަޝާދުއެވެ. ހެކިވެރިންނަކީ ނ.ލަންދޫ ގުލްބަކާގެ އަލްފާޟިލް އިބްރާހިމް ދާއޫދާއި، ނ.ލަންދޫ ކެރެޓް އަލްފާޟިލް މުޙައްމަދު އިބްރާހީމް އެވެ.
މިކައިވެންޏާއި ގުޅިގެން ބޭއްވުނު ޕާޓީއަކީ މިފަހަކަށް އައިސް އަދި ލަންދޫގައި ނުދެވޭވަރުގެ ފުރިހަމަ މޮޅު އަދި ބޮޑުޚަރަދެއް ކުރެވިފައިވާ ޕާޓީއެއް ކަމަށް ގިނަބަޔަކު ޤަބޫލްކުރެއެވެ. ލަންދޫގެ ކުދިބޮޑު ރައްޔިތުންގެ އިތުރުން މާޅެންދޫ ، ކެނދިކުޅޫދޫ، ކުޑަފަރި ، މަނަދޫ އަދި މާފަރުގެ ގިނަބަޔަކަށް މިޕާޓީގައި ބައިވެރިވުމަށް ދައުވަތު ދީފާވެއެވެ. މިދެންނެވި ރަށްރަށުގެ މީހުން ބައިވެރިވެފައިވާ މިޕާޓީ އޮތީ ތިން ދަންފަޅިއަކަށް ބަހާލައިފައެވެ. އެއީ ހޮނިހިރު ދުވަހުގެ މެންދުރު ކެއުމާއި، އެދުވަހުގެ ހަވީރު ސަޔާއި، އަދި ރޭގަނޑު ކެއުމާއި، އެކު އޮތްސައެވެ.

2 ޚިޔާލު:

މެޖިސްޓްރޭޓް يقول...

މިއީ އެންމެ ފިރިހެނެއް ހެކިކޮއް ކުރެވުނު ކައިވެއްޔެންތޯ. ރަނަގަނޅަށް ސާފުވާގޮތަށް ލިޔުއްވުން އެދެން

މާޅެންދޫ يقول...

ދެދަންފަޅިއަށްތަ ނޫނީ 3 ދަންފަޅިއަށްތަ ސާބަހޭ އައްމަޑޭވެސް ދޯ ލިޔެއުޅެނީ މަޢުލޫމާތު ވެސް ރަނގަޅަށް ނުހޯދާތަ. އަހަރެމެން ދިޔައިން ތިންއިރު

إرسال تعليق

މިލިޔުމަށް ޚިޔާލު ދެއްވާ