ލަންދުއަށް ފުރަތަމަ ބިދޭސީޓީޗަރެއް ގެނައީ މީލާދީން 1993 ގައި ލަންދޫ ސްކޫލަށެވެ. އެއީ ލަންދޫސްކޫލްގެ ބެލެނިވެރިން އެމީހުން އަމިއްލައަށް ފައިސާދައްކާގޮތަށް މަހަކު 150 ޑޮލަރަށް ގެނައި ޓީޗަރެކެވެ. އިންޑިޔާގެ ކަންޔާކްމާރީއަށް އުފަން މި މީހާ ގެ ނަަމަކީ މރ. އާރު ކޭ ޖޭ ކްމާރެވެ.
އޭރު ލަންދޫސްކޫލްގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ނ.ލަންދޫ އަރާއިރު އަލްފާޟިލް ޢަބުދުﷲ ޢާމިރެވެ. އޭނައިގެ ދަށުން މަސައްކަތް ކުރައްވާފައިވާ ޖުމުލަ 3 ޓީޗަރުންނަކީ ނ.ލަންދޫ އައްސޭރި އަޙްމަދު ދާއޫދާއި، ނ.ލަންދޫ އޯކިޑުމާގެ މަރިޔަމް ޔޫސުފާއި، ނ.ލަންދޫ އިރަމާގެ އަލްމްރުޙޫމް ޒަކަރިއްޔާ ހަސަން އެވެ.

ސަރުކާރުން ބިދޭސީ ޓީޗަރަކު ލަންދޫ ސްކޫލަށް ހަމަޖައްސައިދިނުމުގެ ކުރިން ލަންދޫސްކޫލްގެ ބެލެނިވެރިންގެ އިސްނެގުމާއި، ހީވާގި މަސައްކަތުން މިޓީޗަރ ބެލެނިވެރިންގެ ޚަރަދުގައި ބަހަށްޓަންޖެހުނީ ބަރާބަރު 2 އަހަރު އެވެ. އޭގެ ފަހުން ސަރުކާރުން ވަނީ ލަންދޫ ސްކޫލަށް އިންގްލިސްޓީޗަރަކު ހަމަޖައްސަވާދެއްވާފައެވެ.
އޭރު ލަންދޫ ސްކޫލްގެ އެންމެ މަތީ ގްރޭޑަކީ ގްރޭޑް 7 އެވެ.
އޭރު ލަންދޫ ސްކޫލްގެ އެންމެ މަތީ ގްރޭޑަކީ ގްރޭޑް 7 އެވެ.
0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލު ދެއްވާ