2010-04-11

........އަފޫ އާއި، ޒައީގެ ކައިވެނި

ފޮޓޯ އިން ތިޔަ ފެނިވަޑައިގަންނަވާ ކ.ކާށިދޫ އަފްނާޒް އަބުދުލް ވައްހާބު އާއި، ނ.ލަންދޫ ބަހާރުގެ ނާޒިމާ މުޙައްމަދު ގެ އަލަތު ކައިވެނި ކުރެވުނީ 9 އެޕްރީލް 2010 ވީ ހުކުރު ދުވަހުގެ ރޭ 10:00 ގައި ނ.ލަންދޫ ބަހާރުގޭ ގައެވެ. އެއީ ހިޖްރައިން 24 ރަބީއުލްއާޚިރު 1431 އެވެ.
-/239 ރ. އަށް ރަންކީ މިކައިވެނީގެ ހެކިވެރިންނަކީ ނ.ލަންދޫ ހީނާމާގެ އިކްރާމް އަބޫބަކުރާއި، ނ.ލަންދޫ ފައިސަލްއާބާދު އަޙްމަދު ފައިސަލް އެވެ.
މިކައިވެނީގެ އުފަލުގައި ބޭއްވުނު ޕާޓީ އަކީވެސް މިފަހަކަށް އައިސް ބޭއްވުނު މިފަދަ ޕާޓީ ތަކުގެ ތެރެއިން ފާހަގަކޮށްލަން ޖެހޭ ޕާޓީއެކެވެ. ކައިވެނި ކުރިދުވަސްނޫން އޭގެ އަނެއްދުވަހުގެ ރޭ ބޭއްވުނު މިޕާޓީގައި ތަފާތު ވައްތަރު ވައްތަރުގެ ކާނާގެ ބާވަތްތަކާއި، ކުކުޅުމަހާއި ، އެކި ވައްތަރުތަކުގެ ބުއިންހިމެނިގެން ދިޔައެވެ.
މިކައިވެނީގެ ޙަފްލާއަށް ކައިރި ރަށްރަށުގެ އިތުރުން ކ.ކާށިދޫއިން ފުދޭވަރެއްގެ ގިނަޢަދަދަކަށް މީހުން ޒިޔާރަތްކުރިއެވެ.

2 ޚިޔާލު:

އެކުވެރި އެއް يقول...

މަރުޙަބާ ނާޒިމާ އެންޑް އަފޫ ، އުފާވެރި ބާއްޖަވެރި ޒަވާޖީ ޙަޔާތަކަށް އެދެން

Unknown يقول...

2 KUHDINGE UMURU KIHAA VAREH BAAA

إرسال تعليق

މިލިޔުމަށް ޚިޔާލު ދެއްވާ