2010-04-17

ލަންދުއަށްފުރަތަމަގެނައި ވިއްސާރަކޯޓް


ލަންދޫއަށް ފުރަމަ ވިއްސާރަކޯޓެއް ގެނައިކަމަށް ދިރާސާތަކުން ދައްކަނީ ނ.ލަންދޫ ބޯފެންވަޅުގޭ އަލްފާޟިލް އަލީ އިބްރާހީމް ( ކުޑައަލިބެ ) އެވެ. އެއީ ލަފާކުރެވޭގޮތުން މީލާދީން 1963 ގައެވެ. ކުޑައަލިބެ ބުނުއްވާ ގޮތުން އެދުވަސްވަރު ވިއްސާރަކޯޓްވެސް ގެނެވެނީ ސަރުކާރުގެ ކަމާބެހޭފަރާތްތަކުން ހުއްދަހޯދައިގެން
ޚާއްޞަލައިސަންސެއްގެ ދަށުންނެވެ. މިވިއްސާރަކޯޓަކީ އެގޮތުގެ މަތިން ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ނަގައިގެން ގެނައި ކޯޓެއްކަމަށް ނ.ލަންދޫ ގައި މިވަގުތު ހުރި އެންމެދުވަސްވީމީހާ އަތަގަސްދޮގެ އަލްފާޟިލް އަބޫބަކުރު އިބްރާހީމް ( ބަކުރުބެ ) އާއި، ނ.ލަންދޫ ރަތްވިލާގެ އަލްފާޟިލް އަލްފާޟިލް މޫސާ ޢަލީވެސް އެއްބަސްވެލައްވައެވެ
.
އަދި މިކަން ކަށަވަރު ކުރުމުގެ ގޮތުން މި ބްލޮގްގެ ފަރާތުން ކުރިމަސައްކަތުން މިކަމަށް ހެކިދޭ ލަންދޫގެ ޢުމުރުން ދުވަސްވީ އެތައްބަޔަކާއި، މެދުޢުމުރު ފުރާގެ އެތައްބަޔަކު ތިބިކަމަށް ފާހަގަކުރަމެވެ.
ކޮންމެއަކަސް ލަންދޫގެ ތާރީޚުން ކުޑައަލީބެ އަނެއްކާވެސް މިވަނީ އިތުރުޖާގައެއް ކަށަވަރު ކޮށްފައެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލު ދެއްވާ