2010-07-07

ޝިންނޭ އާއި، ވަލީދާ އަދި ޝީޒާ އާއި، ޖަވާގެ ކައިވެނި


     10 ޖޫން 2010 ވީ ބުރާސްފަތި ދުވަހަކީ ލަންދޫ ހުދުވެލި އަބްދުޣަނީ އުމަރާއި ޒާހިރާ ސައިދުގެ 6 ދަރިންގެ ތެރެއިން 3 ވަނައަށް ދޮށީ ފިރިހެން ދަރި ޝިނާން އަބްދުލްޣަނީއާއި ހަމައެރަށު އަކިރި ވަލީދު އާދަމްއާއި ޒުހެއިރާ އުމަރުގެ ފަސްކުދިންގެ ތެރެއިން އެންމެދޮށީ އަންހެންދަރި ހައްވާ ވަލީދާއާއި ދެކުދިން ކައިވެނީގެ ގުޅުމުން ގުޅުންދުވަހެވެ. މިދެކުދިންވެސް ލޯބީގެ ގޮތުން ގުޅިފައިވަނީ ސްކޫލްދައުރުގައެވެ.
މިދެކުދިންކައިވެނީގެ ގޮތުން މިގުޅުނީ ގާތްގަޑަކަށް ހަތަރުވަރަކަށް އަހަރު ރައްޓެހިވެގެން އުޅުމަށް ފަހު ދެމީހުން ވަރަށް ރަގަޅަށް އެގިދަސްވެ ވަރަށް ލޯބިންނެވެ. މަޑުމައިތިރި މިޒާޖެއްގެ ވެރިމިދެކުދިންނަކީ ވަރަށް ގުޅޭ ދެޖޯޑެވެ. މިކައިވެނީގެ ރަނަކީ 555 (ފަސްސަތޭކަ ފަންސާސް ފަސްރުފިޔާ) އެވެ.
މިތާރީޙީ ކައިވެނީގެ ހެކިންނަކީ މިރަށު ވިނަރެސްގޭ އަހްމަދު ރަޝީދާއި އިތާ ޒާހިރު އިބްރާހީމެވެ.
     ހަމަމިތާރީޙީ ދުވަހު އެހެން ކައިވެއްޏެއްވެސް ކުރެވިގެން ދިޔައެވެ. އެއީ މިރަށު ހީނާވިލާ އަބްދުއްރައްޒާޤް މުހައްމަދާއި ފާތުމަތު ހަސަންގެ ފަސްކުދިންގެ ތެރެއިން ތިންވަނަޔަށް ދޮށީދަރި ހުސެއިން ޖަވާދާއި މިރަށު ހުދުވެލިގޭ އަބްދުއްޤަނީ އުމަރާއި ޒާހިރާ ސައިދުގެ ހަދަރިންގެ ތެރެއިން ފަސްވަނަ ދަރި ސީޒާ އަބްދުއްޣަނީ ގެ ކައިވެންޏެވެ. ތާރީހީ ކައިވެޏެކޭ މިދަންވަނީ މިސަބަބައްޓަކައެވެ. އެއްދޮނުގައި ދެބުޅި ޖަހާލީ މިފަރާތުގެ ހެކިންނަކީވެސް ހަމަމިދެންނެވި  މިރަށު ވިނަރެސްގޭ އަހްމަދު ރަޝީދާއި އިތާ ޒާހިރު އިބްރާހީމެވެ. މިކައިވެނީގެ ރަނަކީ 55 (ފަންސާސް ފަސްރުފިޔާ) އެވެ.
     ގިނަކައިވެނިތަކެކޭ އެއްގޮތަށް މިކައިވެނި ކުރެވުނީ ބުރާސްފަތި ދުވަހުގެ 13:30ގައި ލަންދޫ ކޯޓްގައެވެ. ދެކައިވެނިވެސް ކޮއްދެއްވީ އެއްގަޑިއެގައި އެއްޤާޒީއެކެވެ. މިކައިވެނީގެ އުފަލުގައި މިރަށުގެ ހުރިހާ ރައްޔިތުންނަށް ބޭއްވިކެއުން ފުރަތަމަ ބޭއްވުމަށް ނީންމީ ހުދުވެލިގޭގެ ދޮށުގައެވެ. އެހެންނަމަވެސް ފަހުންމިކެއުންވަނީ ވިސްސާރަކަމުން ލަންދޫ ސްކޫލްގެ ހޯލަށް ބަދަލުކުރެވިފައެވެ. މީމިގޮތަށް ލަންދޫ ސްކޫލްގައިވެސް ބޭއްވުނު މިފަދަ ފުރަތަމަ ހަފްލާއެވެ.
     ލަންދޫ ހިސްޓްރީގެ ފަރާތުން މިހަތަރުފަރާތަސްވެސް ވަރަށް އުފާވެރި ކައިވެއްޏަކަށް އެދެމެވެ. އަދި އެއްކުޖަކުވެސް ނުތޮޅެ ރަގަޅަށް ބަސްއަހައިގެން އުޅުމަށްވެސް ނަސޭހަތްތެރިވަމެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލު ދެއްވާ