ލަންދޫ އަށް ފުރަތަމަ ކޮމްޕިއުޓަރެއް ގެނައީ ނ.ލަންދޫ ބުލޫހެވަން އަލްފާޟިލް މުފީދު ޙުސެއިން އެވެ. އެއީ ދިރާސާތަކުން ދައްކާގޮތުން މީލާދީން 1996 ގައެވެ. އެހެންކަމުން ލަންދޫއަށް ފުރަތަމަ ކޮމްޕިއުޓަރެއް ގެނެސްގެން ލަންދޫގެ ތާރީޚުން ރެކޯޑެއް މިވަނީ އަލްފާޟިލް މުފީދު ޙުސެއިން ހަދާފައެވެ.
ކުޑައިރުއްސުރެވެެސް ޓެކްނޮލޮޖީގެ ކަންކަމަށް ޝައުޤުވެރިކަން ހުންނަ މުފީދު ގެންނެވި ކޮމްޕިއުޓަރަކީ އޭނާބުނާގޮތުން s478 ގެ ކޮމްޕިއުޓަރެކެވެ.
ޕްރިންޓަރާއި، ސްޕީކަރާއި، މޮނިޓަރާއި، މައުސް، އަދި ސީޕީޔޫ ހިމެނޭ މިސިސްޓަމް އޭނާ ގަނެފައިވަނީ -/12000ރ. އަށެވެ. އެދުވަސްވަރު ލަންދޫގައި މިނޫނީ އެއްވެސް މީހަކު ކޮމްޕިއުޓަރެއް ނުގެންގުޅެއެވެ. އެހެންކަމުން ވަރަށް އާކަމަކަށް ވެގެން މީހުން މިސިސްޓަމް ބަލާލުމަށް ޓަކައި އެގެއަށް ޒިޔާރަތްކޮށް ހެދިއެވެ.
އަބަދުވެސް އެންމެ ފަހުގެ ޓެކްނޮލޮޖީބޭނުން ކުރުމަށް ޝައުޤުވެރިކަން ހުންނަ މުފީދު ޙުސެއިން މިހާރުވަނީ މިދެންނެވި ސިސްޓަމް ވިއްކާލާފައެވެ. އޭނާ އެސިސްޓަމް ވިއްކާލީ އޭނަގެ ރައްޓެއްސަކަށް -/500ރ. އަށެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލު ދެއްވާ