ނ.ލަންދޫ ކަނޑުއޮޅި އަބުދުﷲ ސާމީއާއި، ނ.ލަންދޫ އަޅިވިލާގެ އައިޝަތު އާސިމާގެ އަލަތު ކައިވެނި ކުރެވުނީ 15 ސެޕްޓެމްބަރ 2010 މ. 6 ޝައްވާލު 1431 ހ. ވީ ބުދަ ދުވަހުއެވެ.
މިކައިވެނި ކުރެވުނީ އެދުވަހުގެ މެންދުރު ފަހު 1:30 ގައެވެ. ކައިވެނި ކޮއްދެއްވީ ލަންދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް ޢަބުދުއްޞަމަދު ރަޝާދެވެ. ކައިވެނީގެ ހެކިވެރިންނަކީ މިރަށު ގުލްބަކާގޭ އިބްރާހިމް ދާޢޫދު (ޑޭވިޑް) އާއި މިރަށު ސަނަމް އިސްމާޢީލް އިބްރާހިމް (އިއްސޭ) އެވެ.
މިކައިވެނީގެ ރަނަކީ -/23 (ތޭވީސް ރުފިޔާ) އެވެ.
މިދެމަފިރިންނަށް ވެސް މިބްލޮގުގެ ފަރާތުން އުފާވެރި ބާއްޖަވެރި ޒަވާޖީ ދިގު ޙަޔާތަކަށް އެދެމެވެ.
0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލު ދެއްވާ