2010-10-04

ލަންދުއަށް ފުރަތަމަ ގެނައި ސައިކަލް


މިއީ މިލިޔުމުގައި ބުނާ ސައިކަލެއްނޫން
މިފަހަރު ލަންދޫގެ ތާރީޚް ގައި މިބަޔާންކުރަނީ ލަންދުއަށް ފުރަތަމަ ގެނައި ސައިކަލާއި، ބެހޭ މަޢުލޫމާތެވެ. މިބްލޮގްގެ ފަރާތުން އަޅުގަނޑުމެން ކުރި ދިރާސާތަކުން އެނގިފައިވަނީ ލަންދޫގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ސައިކަލެއް ލަންދޫއަށް ގެނެސްފައިވަނީ ނ.ލަންދޫ ރަސްފަރު އަލްފާޟިލް ފަތުޙުﷲ ޢަބުދުއްރައްޒާޤުކަމެވެ.

2010-09-16

އާސިމާ އާއި، ސާމީގެ ކައިވެނި



ނ.ލަންދޫ ކަނޑުއޮޅި އަބުދުﷲ ސާމީއާއި، ނ.ލަންދޫ އަޅިވިލާގެ އައިޝަތު އާސިމާގެ އަލަތު ކައިވެނި ކުރެވުނީ 15 ސެޕްޓެމްބަރ 2010 މ. 6 ޝައްވާލު 1431 ހ. ވީ ބުދަ ދުވަހުއެވެ.

2010-09-15

ސަނާއާއި، ޖާވީދު އަދި ސަމްޒާ އާއި، ޝިމާލުގެ ކައިވެނި

ނ.ލަންދޫ ފިނޮޅު އައިޝަތު ސަނާ އާއި، ގދ. ތިނަދޫ އައްސޭރި ޖާވީދު އަހްމަދު ގެ ކައިވެންޏާއި، އަދި ނ.ލަންދޫ ހުދުވެލި ފާތުމަތު ސަމްޒާ އާއި، ނ.ލަންދޫ ފިނޮޅު އަޙްމަދު ޝިމާލުގެ ކައިވެނި ކުރެވުނީ 05 ޝައްވާލު 1431 ހ. 14 ސެޕްޓެމްބަރ 2010 މ. ވީ އަންގާރަ ދުވަހުއެވެ.

2010-09-09

އެންމެދުވަސްވީ މުޞްޙަފް ( ޚަތިމް )


ލަންދޫގައި މިހާރުއޮތް އެންމެ ދުވަސްވީ މުސްޙަފްކަމަށް ބެލެވޭ މުސްހަފަކީ ފޮޓޯއިން ތިޔަފެނިވަޑައިގަންނަވާ މުސްޙަފެވެ. މި މުސްޙަފަކީމީގެ 100 އަހަރު ކުރީގެ މުސްހަފެއްކަމަށް ބެލެވެއެވެ. ކަނޑައެޅިގެން މިމުސްޙަފް ޕްރިންޓް ކުރެވިފައިވާ ޑޭޓް އެނގެން ނެތްކަމުގައިވިޔަސް އަޅުގަނޑުމެން ކުރި ދިރާސާތަކުން ދައްކަނީ މިއީ މިހާގިނަ ދުވަސް ވެފައިވާ މުސްޙަފެއްކަމެވެ.

2010-08-24

ލަންދޫ ހުސްނުހީނާމާގެ ހަލީމާ އިބްރާހީމް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުން


ނ.ލަންދޫ ހުސްނުހީނާމާގެ ޙަލީމާއިބްރާހީމް ގިނަދުވަސްތަކެއްވަންދެން ބަލިވެ އުޅުމަށްފަހު ނިޔާވީ 21 އޯގަސްޓް 2010 މ. 11 ރަމަޟާން 1431 ހ. ވީ ހޮނިހިރު ދުވަހުގެރޭ 9:30 ހާއިރު އެވެ. މަރުޙޫމާ ހަލީމާ އިބްރާޙީމް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި އިރު ޢުމުރަކީ 65 އަހަރެވެ. ނިޔާވީ ނ.ލަންދޫ ހުސްނު ހީނާމާގޭގައެވެ. މިމަރުހޫމާ ނިޔާވިއިރު ދުނިޔޭގައި 2 އަންހެން ދަރިންނާއި، ފިރިހެންދަރިއަކު އެބަތިއްބެވެ

2010-08-18

ނ.ލަންދޫ ލައިޓްރޯސް ޚަދީޖާ އިބްރާހީމް ނިޔާވީ


ނ.ލަންދޫ ލައިޓްރޯސް ޚަދީޖާ އިބްރާހީމް ( ކަފަކަޒިޔަތު ) ނިޔާވީ 18 އޯގަސްޓް 2010 މ. 8 ރަމަޟާން 1431 ހ. ވީ ބުދަ ދުވަހުގެ ފަތިހު ގާތްގަޑަކަށް 4:30 ހާއިރު އެވެ. މަރުޙޫމާ ޚަދިޖާ އިބްރާހީމް ނިޔާވީ ގިނަދުވަސް ތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު އޭނާ ދިރިއުޅެމުން އަންނަ ގެ ނ.ލަންދޫ ލައިޓްރޯސް ގައެވެ.

2010-08-16

އަޙްލާމް އާއި، ޝާރިފް ގެ ކައިވެނި



ނ.ލަންދޫ މަންޒިލް އަޙްލާމް ޢަބުދުއްޞަމަދު ( 20 އަހަރު ) އާއި، ޅ.އޮޅުވެލިފުށި ބަނަފްސާގެ ޝާރިފް މުޙައްމަދު ( 22 އަހަރު ) ގެ ކައިވެނި ކުރެވުނީ 12 އޯގަސްޓް 2010 މ. 2 ރަމަޟާން 1431 ހ. ވީ ބުރާސްފަތި ދުވަހުގެ 9:15 ގައި ނ.ލަންދޫ މަންޒިލް ގައެވެ.