ނ.ލަންދޫ ލައިޓްރޯސް ޚަދީޖާ އިބްރާހީމް ( ކަފަކަޒިޔަތު ) ނިޔާވީ 18 އޯގަސްޓް 2010 މ. 8 ރަމަޟާން 1431 ހ. ވީ ބުދަ ދުވަހުގެ ފަތިހު ގާތްގަޑަކަށް 4:30 ހާއިރު އެވެ. މަރުޙޫމާ ޚަދިޖާ އިބްރާހީމް ނިޔާވީ ގިނަދުވަސް ތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު އޭނާ ދިރިއުޅެމުން އަންނަ ގެ ނ.ލަންދޫ ލައިޓްރޯސް ގައެވެ.
މަރުޙޫމާ ޚަދިޖާ އިބްރާހީމް ބެއްލެވި ޑޮކްޓަރ މާލިކާއި ޙަވާލާދީ ލަންދޫ ހެލްތް ސެންޓަރުން ހާމަކުރައްވާ ގޮތުގައި އޭނާ ނިޔާވީ ގިނަދުވަހު ބަލިވެ އުޅުމުގެ ސަބަބުން މުސްކުޅި ބަލީގައެވެ.
މަރުޙޫމާ ޚަދިޖާ އިބްރާހީމްގެ ކަށުކަމާކެމީގެ ކަންތަކަށްފަހު ކަށުނާމާދުކޮށް ވަޅުލެވުނީ މިއަދު ހެނދުނު 8:00 ގައި ނ.ލަންދޫ ސަހަރާގައެވެ.
މަރުޙޫމާ ޚަދިޖާ އިބްރާހީމް ނިޔާވިއިރު ޢުމަރަކީ 70 އަހަރެވެ. ދުނިޔޭގައި 3 އަންހެން ދަރިން އެބަތިއްބެވެ.
މިމަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރު ކުރައަވާށިއެވެ. އާމީން

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލު ދެއްވާ