ނ.ލަންދޫ ހުސްނުހީނާމާގެ ޙަލީމާއިބްރާހީމް ގިނަދުވަސްތަކެއްވަންދެން ބަލިވެ އުޅުމަށްފަހު ނިޔާވީ 21 އޯގަސްޓް 2010 މ. 11 ރަމަޟާން 1431 ހ. ވީ ހޮނިހިރު ދުވަހުގެރޭ 9:30 ހާއިރު އެވެ. މަރުޙޫމާ ހަލީމާ އިބްރާޙީމް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި އިރު ޢުމުރަކީ 65 އަހަރެވެ. ނިޔާވީ ނ.ލަންދޫ ހުސްނު ހީނާމާގޭގައެވެ. މިމަރުހޫމާ ނިޔާވިއިރު ދުނިޔޭގައި 2 އަންހެން ދަރިންނާއި، ފިރިހެންދަރިއަކު އެބަތިއްބެވެ
.
.
މަރުޙޫމާ ޙަލީމާ އިބްރާހީމްގެ ކަށުކަމާކެމީގެ ކަންތަކަށްފަހު ކަށުނާމާދުކޮށް އެރޭވަނީ ލަންދޫ ސަހަރާގައި ވަޅުލައިފައެވެ. ވަޅުލެވުނީ އެރޭ މެންދަމުންއަލިވެ 12:30 ގައެވެ.
މަރުޙޫމާ ޙަލީމާ އިބްރާހީމް ފުރާނައަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލު ދެއްވާ