ނ.ލަންދޫ ބަރާބަރުގެ އައިޝަތު ނަޒީމާ އާއި، ކ.މާލެ މ.ރެޑްސްޓޯން ޙަސަން އަސަދުﷲ އަޙްމަދު ގެ ކައިވެނި ކުރެވުނީ 20 ޖުލައި 2010 މ. 8 ޝައުބާން 1431 ހ. ވީ އަންގާރަދުވަހުގެ 12:30 ގައި ނ.ލަންދޫ ކޯޓްގައެވެ.
މިކައިވެނިކޮށްދެއްވީ ނ.ކެނދިކުޅުދޫ ކޯޓްގެ މެޖިސްޓްރޭޓް އަލްފާޟިލް އިބްރާހީމް މުޙައްމަދު އެވެ. ހެކިވެރިންނަކީ ނ.ލަންދޫ އައްސޭރި އަލްފާޟިލް އަޙްމަދު ދާއޫދު އާއި، ނ.ލަންދޫ ގުލްބަކާގެ އަލްފާޟިލް އިބްރާހީމް ދާއޫދެވެ. މިކައިވެނީގެ ރަނަކީ -/65 ރ. އެވެ.
މިކައިވެނީގެ މަޖްލިސްގައި ނަޒީމާގެ ބައްޕަ ނ.ލަންދޫ ބަރާބަރުގެ ޙަސަން އާދަމް އާއި، އަސަދުﷲ ގެ ބައްޕަ އަޙްމަދު ރަޝީދުވެސް ބައިވެރިވެ ލެއްވިއެވެ.

1 ޚިޔާލު:
ey dhen mee kon kameh,,, dhen ehen kaaiveni thah nujeheyne dhw.. kaley men vess thee kaiveni kohgge aa baeh.. kaley men ge vaahaka jahaabala.. meega jahan v hama ekani kudakudhin ge vaahaka tha.. haadha kaiven yeh koffi yey.. ekameh neyngey tha
إرسال تعليق
މިލިޔުމަށް ޚިޔާލު ދެއްވާ