ލަންދޫގައި މިހާރުއޮތް އެންމެ ދުވަސްވީ މުސްޙަފްކަމަށް ބެލެވޭ މުސްހަފަކީ ފޮޓޯއިން ތިޔަފެނިވަޑައިގަންނަވާ މުސްޙަފެވެ. މި މުސްޙަފަކީމީގެ 100 އަހަރު ކުރީގެ މުސްހަފެއްކަމަށް ބެލެވެއެވެ. ކަނޑައެޅިގެން މިމުސްޙަފް ޕްރިންޓް ކުރެވިފައިވާ ޑޭޓް އެނގެން ނެތްކަމުގައިވިޔަސް އަޅުގަނޑުމެން ކުރި ދިރާސާތަކުން ދައްކަނީ މިއީ މިހާގިނަ ދުވަސް ވެފައިވާ މުސްޙަފެއްކަމެވެ.
މިމުސްޙަފަކީ ނ.ލަންދޫ ދިލްބަހާރުގެ ( މިހާރު އުވާލެވިފާވާގެއެއް ) އަލްމަރުޙޫމް ޞާލިޙް ޙަސަން ގެންގުޅުއްވި މުސްޙަފްކަމަށް އެމަރުޙޫމާގެ ޢާއިލާއަށް ނިސްބަތްވާ ބޭފުޅުން ވިދާޅުވެއެވެ. އަދި އެނގިފައިވާ ގޮތުގައި މަރުޙޫމް ޞާލިޙް ޙަސަން ގާތްގަޑަކަށް 110 އަހަރު ދުނިޔޭގައި އުޅުއްވިކަމަށް ވެއެވެ. މަރުޙޫމް ޞާލިޙް ހަސަން ދުނިޔެ ދޫކުރައްވާފައިވަނީ 1980 ވަނައަހަރު ތެރޭގައެވެ.
މަރުޙޫމް ޞާލިހް ޙަސަން ގެ އެންމެ ދޮށީދަރިފުޅު އަލްމަރުޙޫމް ޢާދަމް ޞާލިޙްގެ ދަރިން ބަޔާންކުރައްވާ ގޮތުގައި މިމުޞްހަފް ނުފެންނަ ހަނދާނެއް މަރުޙޫމް އާދަމް ޞާލިޙް ނުހުންނަ ކަމަށް ބުނެފައިވާ ކަމަށްވެއެވެ.
އެހެންކަމުން އެއްވެސް ޝައްކެއްނެތި ބެލެވޭނީ މިމުސްޙަފަކީ މިހާތަނަށް ލަންދޫން ފެނިފައިވާ އެންމެ ދުވަސްވީ މުސްހަފް ކަމާއި، 100 އަހަރަށްވުރެވެސް ގިނަދުވަސް މިމުސްޙަފަށް ވެދާނެކަމަށެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލު ދެއްވާ