2010-08-16

އަޙްލާމް އާއި، ޝާރިފް ގެ ކައިވެނި



ނ.ލަންދޫ މަންޒިލް އަޙްލާމް ޢަބުދުއްޞަމަދު ( 20 އަހަރު ) އާއި، ޅ.އޮޅުވެލިފުށި ބަނަފްސާގެ ޝާރިފް މުޙައްމަދު ( 22 އަހަރު ) ގެ ކައިވެނި ކުރެވުނީ 12 އޯގަސްޓް 2010 މ. 2 ރަމަޟާން 1431 ހ. ވީ ބުރާސްފަތި ދުވަހުގެ 9:15 ގައި ނ.ލަންދޫ މަންޒިލް ގައެވެ.
ކައިވެނި ކޮށްދެއްވީ ލަންދޫކޯޓްގެ މެޖިސްޓްރޭޓް އަލްފާޟިލް ޢަބުދުއްޞަމަދު ރަޝާދު ( އަޙްލާމްގެ ބައްޕަ ) އެވެ. ހެކިވެރިންގެ ގޮތުގައި މިކައިވެނީގައި ބައިވެރިވީ ނ.ލަންދޫ ބަހާރުގެ އަލްފާޟިލް މުޙައްމަދު މޫސާ އާއި، ޅ.ހިންނަވަރު އިބްރާހީމް ޢަލީ އެވެ.
މިކައިވެނީގެ ރަނަކީ -/2610 ރ. ( ދެހާސް ހަސަތޭކަ ދިހަ ރުފިޔާ ) އެވެ.
މިދެމަފިރިންގެ ކައިވެނީގައި ބަރަކާތްލައްވާ އުފާވެރި ޒަވާޖީ ޙަޔާތަކަށް މި ބްލޮގް ގެ ފަރާތުން އެދެމެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލު ދެއްވާ