2010-10-04

ލަންދުއަށް ފުރަތަމަ ގެނައި ސައިކަލް


މިއީ މިލިޔުމުގައި ބުނާ ސައިކަލެއްނޫން
މިފަހަރު ލަންދޫގެ ތާރީޚް ގައި މިބަޔާންކުރަނީ ލަންދުއަށް ފުރަތަމަ ގެނައި ސައިކަލާއި، ބެހޭ މަޢުލޫމާތެވެ. މިބްލޮގްގެ ފަރާތުން އަޅުގަނޑުމެން ކުރި ދިރާސާތަކުން އެނގިފައިވަނީ ލަންދޫގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ސައިކަލެއް ލަންދޫއަށް ގެނެސްފައިވަނީ ނ.ލަންދޫ ރަސްފަރު އަލްފާޟިލް ފަތުޙުﷲ ޢަބުދުއްރައްޒާޤުކަމެވެ.
އަލްފާޟިލް ފަތުޙުﷲ އަބުދުއްރައްޒާޤު ލަންދުއަށް ގެންނެވި ސައިކަލަކީ 50 ސީސީގެ ސައިކަލެކެވެ. އެއީ ހާލީވައްތަރެއްގެ ކުރީގެ ސައިކަލެކެވެ. މިސައިކަލް ގެނައީ މީލާދީން 1990 ވަނައަހަރުއެވެ.
މިއީ ސެކަންޑް ހޭންޑް ސައިކަލެއް ކަމުން މިސައިކަލް ގަނެފައިވަނީ ގާތްގަޑަކަށް 7 ހާސް ދިވެހިރުފިޔާއަށް ކަމަށް މަޢުލޫމާތު ދެއްވި ފަރާތުން ހާމަކުރެއްވިއެވެ.
ސައިކަލްގެ ފޮޓޯއެއް އަޅުގަނޑުމެންނަށް އަދިމިވަނީ ލިބޭގޮތް ނުވެފައެވެ. ލިބުނު އާވަހަކަށް ތިޔަބޭފުޅުންނަށް ޓަކައި މިބްލޮގްގައި ޝާއިޢު ކުރާނަމެވެ. މިލިޔުމުގައި މިވަގުތު މިވަނީ އަސްލް ސައިކަލްގެ ފޮޓޯއެއްނޫނެވެ.
މަޢުލޫމާތު ދެއްވި ބޭފުޅުން:
1 . އަލްފާޟިލް މަޖުދުﷲ ޢަބުދުއްރައްޒާޤު ރަސްފަރު ނ.ލަންދޫ

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލު ދެއްވާ