ނ.ލަންދޫ ޖަވާހިރުމާގެ ޙައްވާ މޫސާ ނިޔާވީ 29 ޝަޢުބާން 1430 ހ. 10 އޯގަސްޓް 2010 މ . ވީ އަންގާރަ ދުވަހުގެ ހަވީރު 5:30 ހާއިރު އެވެ. މަރުޙޫމާ ޙައްވާ މޫސާ ނިޔާވީ ކުޑަކަމުދާ ނިޒާމްގެ މައްސަލައަކަށް ފަރުވާދެމުން ދާތާ ދެތިން ދުވަސްވީފަހުން ބޮލަށް އެނބުރުން އަރާތީ ފަރުވާދިނުމަށް ލަންދޫ ހެލްތްސެންޓަރުގައި އެޑްމިޓްކޮށްފާ ވަނިކޮށްނެވެ.
ކަށުކަމާ ކެމީގެ ކަންތަކަށްފަހު ކަށުނަމާދުކޮށް ވަޅާލާ ނިމުނީ މިރޭ 9:20 ގައެވެ. ވަޅުލީ ލަންދޫ ސަހަރާގައެވެ.
މަރުޙޫމާ ޙައްވާ މޫސާ ނިޔާވީ އިރު ދުނިޔޭގައި 3 އަންހެންދަރިންނާއި، ފިރިއަކު އެބަހުއްޓެވެ. ނިޔާވިއިރު ޢުމުރަކީ 65 އަހަރެވެ.
މިމަރުޙޫމާގެ ފުރާނައަށް ސުވަރުގޭގެދާއިމީ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.
0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލު ދެއްވާ