2010-05-17

.ނ.ލަންދޫ އުޑުވިލާގެ މަރިޔަމް އަބުދުﷲ ނިޔާވުން


ނ.ލަންދޫ އުޑުވިލާގެ މަރިޔަމް ޢަބުދުﷲ ނިޔާވީ މީލާދީން 12 މެއި 2010 ވީ ބުދަދުވަހެއެވެ. އެއީ ހިޖުރީން 27 ޖުމާދަލްއޫލާ 1431 އެވެ. ނީޔާވީ ސީދާ ކޮންގަނޑިއަކު ކަމެއް ނޭންގެއެވެ. ލަފާކުރެވޭ ގޮތުގައި ގޮތުގައި ނިޔާވެފައިވަނީ ފަތިހު 4:30 އާއި، 5:00 އާއި ދެމެދުގެ ވަގުތެއްގައެވެ. މަރުޙޫމާ މަރިޔަމް ޢަބުދުﷲ ނިޔާވީ ވަރަށް ގިނަ ދުވަސްވަންދެން ބަލިވެ އުޅުމަށްފަހު އެވެ. ޢުމުރަކީ 68 އަހަރެވެ. ނިޔާވީ އާދައިގެ މަރަކުންކަމަށާއި، މަރުވުމުގައި އެއްވެސް ކަހަލަ އާދަޔާޚިލާފު ކަމެއް ފެނިފައިނުވާކަމަށް ލަންދޫއަށް އަލަށްއައި ޑރ. ވިބާސް އާއި، ޙަވާލާދީ ލަންދޫ ސިއްޙީމަރުކަޒުން ބުނެއެވެ.
މަރުޙޫމާ މަރިޔަމް އަބުދުﷲ ނިޔާވިއިރު އޭނައިގެ 2 ފިރިހެން ދަރިންނާއި، 1 އަންހެންދަރިއަކު ދުނިޔޭގައި އެބަތިއްބެވެ. ނިޔާވިއިރު އޭނާ ދިރިއުޅެމުން ދިޔައީ އޭނައިގެ އަންހެންދަރިފުޅު ނ.ލަންދޫ ބޮންތި އައިސަތު އަހްމަދު ގެ ( ބޮންތި ) ގޭގައެވެ.
ކަށުކަމާކެމީގެ ކަންތައް ނިންމާ އެދުވަހުގެ ހެނދުނު 8:30 ގައި ކަށުނަމާދު ކުރުމަށްފަހު ވަޅުލެވިފައިވަނީ ނ.ލަންދޫ ސަހަރާގައެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލު ދެއްވާ