ލަންދުއަށް އެންމެ ފުރަތަމަ ގެނައި ބޮޑުގަޑި ( ފާރުގާއަޅުވާގަޑި ) ތަކުގެ ތެރެއިން މިހާރު ފެންނަން އިން ހަމަ އެކައެނި ގަޑިއަކީ ލަންދޫ ގުލްބާކާގެ އަލްމަރުޙޫމް މުޙައްމަދު ޙަސަން މީލާދީން 1966 ގައި ގެންނެވި ބޮޑުގަޑިއެވެ. ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވާ ގަޑިއާއި އެކު އެއްދަތުރެއްގައި 4 ނުވަތަ 5 ގަޑި ލަންދޫއަށް ގެނައިކަމަށް ހޯދުން ތަކުން ދައްކައެވެ.
ކުދިކުދި ބައެއް މައްސަލަ ތަކާހުރެ މިވަގުތު ހިނގުން ހުއްޓިފައިވާ މިގަޑި މިހާރުވެސް ގުލްބަކާގޭގައި އެބަހުއްޓެވެ. މިގަޑީގެ ޢުމުރު ނުވަތަ ލަންދުއަށް ގެނެސްފައިވާ ތާރީޚް އިތުބާރު ހުރި ގޮތަކަށް ހޯދުމަށް "ލަންދޫގެ ތާރީޚު" ގެފަރާތުން ކުރިމަސައްކަތަށް އެހީތެރިކަންދެއްވާ މަޢުލޫމާތު ދެއްވި އެއްބޭފުޅަކީ ނ.ލަންދޫ މަލަ އަލްފާޟިލް ޢަލީ އިބްރާހީމްއެވެ. އޭނާ ބުނުއްވީ ގުލްބަކާގޭ ގަޑިއާއި އެކު ނ.ލަންދޫ ދިލްބަހާރުގެ ( މިހާރުއުވާލެވިފާ ) އަލްމަރުޙޫމް ޞާލިޙް މުޙައްމަދު ( ޞޯލިފުބެ ) ވެސް ހަމަ އެވައްތަރުގެ ގަޑިއެއް ގެންނެވިކަން އޭނާ ދެނެހުރި ކަމަށެވެ. އެހެންނަމަވެސް މިހާރު އެގަޑި ފެންނާކަށް ނެތެވެ.
ލަންދޫ ގުލްބަކާގޭގައި ހުރި މިއަގުހުރި ތާރީޚީ ތަރިކައަށް 44 އަހަރު ވެފައިވާ އިރު އޭގެ ވެރިފަރާތް ނ.ލަންދޫ ގުލްބަކާގެ އަލްފާޟިލް އިބްރާހިމް ދާއޫދު ބުނުއްވަނީ ކުޑަމަރާމާތަކަށް ފަހު އެގަޑި އަލުން ހިނގާގޮތް ހެދިދާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެކަން ވަރަށް އަވަހަށް ކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެ ތަރިކަ ހިމާޔަތް ކުރާނެކަމަށެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލު ދެއްވާ