2010-03-01

ޙުސެއިން މުޙައްމަދު ( ކޮއްކޮބެ ) ނިޔާވީ

ލަންދޫ އިރުމަތީގެ ޙުސެއިން މުޙައްމަދު ( ކޮއްކޮބެ ) ނިޔާވީ 27 ފެބިރުއަރީ 2010 ވީ ހޮނިހިރު ދުވަހު އެވެ. އެއީ ހިޖްރީ ގޮތުން 13 ރަބީޢުލް އައްވަލު 1431 އެވެ. މަރުޙޫމް ހުސެއިން މުޙައްމަދު ނިޔާވީ އެދުވަހުގެ ހެނދުނު 6:30 އެހާއިރު ޅ. އަތޮޅު ފެލިވަރުގައެވެ.
މަރުޙޫމް ހުސެއިން މުޙައްމަދު ނިޔާވެފައި އޮއްވާ ފެނުނީ އެދުވަހު ހެނދުނު ސައިބޯށާއި، މެންދުރު ކާންވެސް އޭނާ އުޅޭތަނަށް ނައިސްގެން އޭނާހޯދަމުން ދަނިކޮށް އޭނާ އޭރުވަޒީފާ އަދާކުރި ( ފެލިވަރުކާރުޚާނާ ) ގެމުވައްޒަފުންގެ ފާޚާނާތެރޭންނެވެ. އެނާ ފެނުނީ މެންދުރު ފަހު 2:30 ހާއިރުއެވެ.
މަރުޙޫމް ހުސެއިން މުޙައްމަދު ވަޅުލީ ހިންނަވަރު ގައެވެ. ހުސެއިންމުހައްމަދު ނިޔާވިއިރު ޢުމުރަކީ 55 އަހަރެވެ.
މިމަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ.

0 ޚިޔާލު:

إرسال تعليق

މިލިޔުމަށް ޚިޔާލު ދެއްވާ