
ލަންދޫސްކޫލްގެ ދަރިވަރަކު ފުރަތަމަ އޭ ފާހެއް ޖީސީއީ އޯލެވެލް އަދި އައިޖީސީއީ އެސްއީ އިމްތިހާނަކުން ހޯދާފާ ވަނީ 2009 ވަނައަހަރު ގެ އޮކްޓޯބަރ ނޮވެމްބަރ އެގްޒާމްގައި ނ.ލަންދޫ ގަސްކަރަ ފާތުމަތު ފިރާޝާ އެވެ. ފިރާޝާވަނީ އިކޮނޮމިކްސް އަދި އެކައުންޓް މި ދެމާއްދާއިންވެސް އޭ ފާސްހޯދާފައެވެ. ފިރާޝާ ބައިވެރި ވި އެހެނިހެން މާއްދާ ތަކުންވެސް ރަގަޅު ނަތީޖާ ވަނީ ލިބިފައެވެ.
އައިޝަތު ފިރާޝާ ހޯދި މި ދެ އޭފާހަކީ އަދި މިހާތަނަށް ލަންދޫ ސްކޫލްގައި ޖީސީއޯލެވެލް އެގްޒާމް ހަދަންފެށިފަހުން މިވީ 3 އަހަރު ދުވަހުގެ ތެރޭގައި އެސްކޫލްގެ ދަރިވަރަކު ހޯދި ފުރަތަމަ އޭ ފާހެވެ. އެހެން ކަމުން އެކަން ލަންދޫގެ ރެކޯޑަކަށްވެ، ލަންދޫ ގެ ތާރީޚް ގެ ރެކޯޑްސް ޞަފްހާއިން އައިޝަތު ފިރާޝާ މިވަނީ ޖާގަހޯދާފައެވެ.
އައިޝަތު ފިރާޝާއަށް މިބްލޮގްގެ ފަރާތުން މަރުހަބާ ކިޔަމެވެ
1 ޚިޔާލު:
ފިރާ ތިޔަހޯދި ކާމިޔާބަށް ފަށްފަށުން ޝުކުރިއްޔާ އަދި މަރުޙަބާ
إرسال تعليق
މިލިޔުމަށް ޚިޔާލު ދެއްވާ