ލަންދޫގައި ފުރަތަމަ ދެއްކި ހިންދީ ފިލުމަކީ ލަވްސްޓޯރީއެވެ. ހިންދުސްތާން ފިލްމްސްޓާރ ކްމާރުގޯރޭ އާއި، ފިލްމް އެކްޓްރެސް ވިޖިއަތު އާއި، ދެތަރިން ލީޑްރޯލް ކުޅެފައިވާ މިފިލްމު ލަންދޫގައި ދެއްކީ ލަންދޫމަދަރުސާގައެވެ.
މީލާދީން 1982 ގައި މިފިލްމް ލަންދޫގައި ދައްކާފައިވަނީ ތަންބީނަސީމް ކިޔާބޭފުޅަކު ގެންނެވި ޓީވީ އަކާއި، ވީސީއާރެއް ބޭނުންކޮށްގެންނެވެ. 21 އިންޗީގެ މިޓީވީ އާއި، އެކު ބައި ކިލޯވޮޓްގެ ޖަނަރޭޓަރެއްވެސް ގެންނެވިއެވެ. ކޮންމެ ޓިކެޓެއް ގެ އަގު -/1 ރ. އަށް ވިއްކައިގެން ލަންދޫގެ ކުދިބޮޑު އެންމެންނަށް އަމާޒުކޮށްގެން ދެއްކި މިފިލުބެލުމަށް ގިނަޢަދަދެއްގެ މީހުން ވަނެވެ.
ތާރީޚްގެރެއިން ކުރެވުނު މިދިރާސާގައި ލަންދޫ ގުލްބަކާގެ އަލްފާޟިލް އިބްރާހިމް ދާއޫދު މިމައުލޫމާތުގެ ތެދުކަމާމެދު ހެކިވެ އެއްބަސްވެލައްވައެވެ. އަދި މިކުރެވުނު ދިރާސާއަށް އެބޭފުޅާގެ އެހީތެރިކަމާއި އެއްބާރުލުން ލިބުނެވެ. އެހެންކަމުން މިފުރުޞަތުގައި މިބްލޮގް ގެ ފަރާތުން އެބޭފުޅާއަށް ޝުކުރުދަންނަވަމެވެ.
ހަމަ އެހެންމެ ލަންދޫ ގައި ފުރަތަ ދެއްކި ހިންދީފިލުމަށް "ލަވްސްޓޯރީ" ވެގެން ގޮސް ލަންދޫގެ ތާރީޚުން ޖާގަހޯދީތީ މިކަމުގައި އިސްކޮށް ޙަރަކާތްތެރިވެ ލައްވާފައިވާ އަލްފާޟިލް ތަންބީ ނަސީމަށާއި، އޭނައިގެ އެކުވެރިންނަށް މަރުޙަބާކިޔަމެވެ.

0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލު ދެއްވާ