މީލާދީން 1968 ގައި ލަންދުއަށް ފުރަތަމަ ރޭޑިއޯއެއް ގެންނެވީ ނ.ލަންދޫ ބޯފެންވަޅުގޭ އަލްފާޟިލް ޢަލީ އިބްރާހީމްއެވެ. އެއީ އޭނާގެ ރަންޒަމާނުގައި ވިޔަފާރި ކަމު މާލެދިޔަ ދަތުރެއްގައި ގަނެގެން ގެނައި ރޭޑިއޯ އެއްކަމަށް ޢަލިބެ ބުނެއެވެ. މިހާރު ޢުމުރުން 82 އަހަރުގެ ކުޑަޢަލިބެ ބުނީ އެރޭޑިއޯ ގެނައުމުން ރަށުގެ ކުދިބޮޑު އެންމެން އޭގެ ދޮށަށް އައިސް ލަވައާއި، މިއުޒިކް އަޑުއަހަން އަޖައިބުވެ އަންތަރީސްވެގެން ތިބޭކަމަށެވެ.
އޭރު ރަށުގެ އެއްވެސް ގެއެއްގައި އެރޭޑިއޯނޫން އެހެން ރޭޑިއޯއެއްނުހުންނާނެ ކަމަށާއި، އަލިބެ އެރޭޑިއޯ ގެނައުމުން ރަށުގެ ކުޑަކުދިންވެސް އަބަދުހެން ގޮސްތިބެނީ ލަވައަޑުއަހަން ކަމަށާއި، އެކުދިންގެ ތެރޭގައި އޭނަވެސް އަލިބެ މެންގެއަށް އެދުވަސް ވަރު ދިޔަކަމަށް މިހާރު ޢުމުރުން 40 އަހަރުގެ ޢަބުދުއްނާސިރު ޢަލީ ފިތުރޯނުގެ ނ.ަލަންދޫ ބުނެއެވެ.
މިކަމާގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނ.ލަންދޫ ކަނޑު އޮޅި އަހްމަދު ޝަރީފް މޫސާ ( ދޮންމަނިކު ) ވެސް ބުނީ އެއީ ތެދެއްކަމަށާއި، ފުރަތަމަ ރޭޑިއޯއެއް ލަންދުއަށް ގެނައިމީހަކީ ޢަލިބެ ކަމަށެވެ. އޭރު ކުޑަޢަލިބެ ވިޔަފާރި ވެސް ކުރާކަމަށާއި، ރޭޑިއޯ އަޑުއަހަން ވަރަށް ގިނަ ކުޑަކުދިން އެދުވަސް ވަރު އަލިބެ މެން ގެއަށް ގޮސް އުޅޭ ކަމަށް ވެސް ދޮންމަނިކު ބުންޏެވެ.
ކުޑައަލިބެ ގެނައި ރޭޑިއޯގެ މަޢުލޫމާތު ދެމުން އަލިބެ ބުނީ އެރޭޑިއޯ އިންނަނީ ހިމަ ދިގުކޮށް ކަމަށާއި ، ބެޓެރި ލައްވަނީ ފަހަރަކު 4 ބުރިނަކަމަށެވެ. އަދި ވަރަށް އަޑުރީތިކަމަށާއި، މާލޭރޭޑިއޯ ފިޔަވާ އެހެން ޗެނެލް ތަކުން ވަރަށް ސާފުކޮށް ލިބޭކަމަށާއި، މާލެ އިން އޭރު ލިބެނީ ކުޑަކޮށް ނުސާފުކޮށް ކަމަށްވެސް ކުޑައަލިބެ ބުންޏެވެ.
އަދި މިނޫނަސް ލަންދޫއަށް ފުރަަތަމަ ރޭޑިއޯއެއް އެތެރެ ކުރި ފަރާތަކީ އަލިބެކަމަށް ހެކިވާ އެތައް ބައިވަރު މީހުންނެއް މިއަދު ލަންދޫ ގައި އެބައުޅެއެވެ.
ފުރަތަމަ ރޭޑިއޯ އެއް ލަންދުއަށް އެތެރެކުރި މީހެއްގެ ނަމުން ޢަލިބެ މަޝްހޫރުވެސް ލަންދޫގެ ތާރީޚުން ޖާގައެއް ހޯދާ ރެކޯޑެއް ހެދި މީހަކަށް ކުޑައަލިބެ ވަނީ ވެފައެވެ. ދުވަހަކުވެސް މުގުރައި ނުލެވޭނެ މިރެކޯޑް ގެ ސަބަބުން އަލިބެ ދަނީ ހިތްހަމަ ޖެހުމާއި، އުފަލާއި އެކު އެވާހަކަ ތަކުރާރު ކޮށް މީހުންނަށް ކިޔައިދީ ހަދަމުންނެވެ. އަލިބެ ނޫނަސް އެފަދަ ރެކޯޑެއް ހެދިއްޖެ ކޮންމެ މީހަކުނަމަވެސް އެކަމަށް ޓަކައި ފަޚުރުވެރި ވުން ޙައްޤު ކަމުގައި އަޅުގަނޑުމެން ދެކެމެވެ.

2 ޚިޔާލު:
އަލިބެއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ލަންދުއަށް ފުރަތަމަ ރޭޑީއޯއެއް ގެނެސް ދިނީތީ
ހާދަފަހުގެ ރޭޑިއޯ އެކޭ އޭރު ގެނައީ ދޯ
إرسال تعليق
މިލިޔުމަށް ޚިޔާލު ދެއްވާ