
ލަންދޫއަށް ފުރަތަމަ ޑިޝްއެންޓަނާއެއް ގެނެސް އޭގެ ބޭނުން ކޮށްފާވަނީ ނ.ލަންދޫ އަރާއިރު އަލްފާޟިލް އަބުދުﷲ ޢާމިރެވެ. އެއީ މީލާދީން 1994 ވަނައަހަރުއެވެ. ގާރޑަނިޔާ ބުރޭންޑްގެ އެނަލޮގް ރިސީވަރަކާއި، އެކު ގެނެވުނު މިޑިޝްއަކީ 8 ފޫޓްގެ ސޮލިޑް ޑިޝްއެކެވެ. ފުދޭވަރެއްގެ ގިނަޗެނަލްތަކެއް އެދުވަސްވަރު ފުރީކޮށް އޮންއެއަރ ކޮށްފާވާއިރު އެއަހަރުގެ ވޯލްޑްކަޕް ( ވޯލްޑްކަޕް ޔޫއެސްއޭ 94 ) ވެސް ލަންދޫގެ ގިނަބަޔަކު ބަލާފައިވަނީ މިބޯތަށިންނެވެ.
ލަންދޫއަރާއިރު ގޭގެ ގޯތިތެރޭގައި މަގުމަތިފަރާތަށް ވާގޮތަށް ޖެހި މިދެންނެވި ބޯތަށި މިހާރު ވެސް އެތާނގައި އެބަހުއްޓެވެ. އެއީ މީގެ 16 އަހަރު ކުރިކަމަށް ވެފައި މަރާމާތުގެ އެއްވެސް މަސައްކަތެއް ކުރެވިފާނުވާތީ މިހާރުހުރީވަރަށް ބޮޑަށް ބައުވެފައެވެ. އެހެން ނަމަވެސް މިހާރުވެސް ބަރާބަރަށް އެބޯތަށި ބޭނުންކޮށްގެން ޑިޝް ޓީވީ ގެ ޗެނެލް ތައް ބަލަމުން ގެނެއްދެއެވެ.
މިދެންނެވި ބޯތަށީ ގެނެސް މާގިނަދުވަސްތަކެއް ނުވެ ޑިޖިޓަލް ރިސީވަރެއްވެސް ހަމަ އެބޯތައްޓާއި ގުޅިގެން ގެނައެވެ. އެދުވަސްވަރު ޓީވީއެމް ފިޔަވާ އެހެން ލޯކަލް ޗެނެލެއް ނެތުމާއި އެކު ޓީވިއެމް ގެ ޚިދުމަތް ހޯދުމަށް ލަންދޫގެ ގިނަބަޔަކު ބޭނުންވެފައިވަނިކޮށް ގެނެވުނު މިރީސީވަރުވެސްވެގެން ދިޔައީ ލަންދޫއަށް ގެނެވުނު މިފަދަ ފުރަތަމަ ރިސީވަރު ކަމުގައެވެ. ޔޫރޯސްޓާރ ބްރޭންޑްގެ މިރީސީވަރު ވެސް ފުދޭވަރަކަށް ގިނަދުވަސްވަންދެން ބޭނުންކުރިއެވެ.
0 ޚިޔާލު:
إرسال تعليق
މިލިޔުމަށް ޚިޔާލު ދެއްވާ