
ލަންދުއަށް ފުރަތަމަ ފަހަރަށް ބައިސްކަލެއް ގެންނެވީ ލަންދޫ އިރަމާގެ އަލްމަރުޙޫމް ޒަކަރިއްޔާ ޙަސަނެވެ. އެއީ މީލާދީން 1979 ވަނައަހަރު ގައިކަމަށް ހޯދުންތަކުން ދައްކައެވެ. އަލްމަރުޙޫމް ޒަކަރިއްޔާ ޙަސަން ގެންނެވި ބައިސްކަލަކީ ކުޑަކުދިންގެ ބައިސްކަލެކެވެ. އެއީ އޭނައިގެ ދަރިފުޅު އަޙްމަދު ޒަކަރިއްޔާ ނުވަތަ ނުވަތަ ފާއިޒާ ޒަކަރިއްޔާ ކުޑައިރު އެދެކުދިން ކުރެ ކޮންމެވެސް އެއްކުއްޖަކަށް ގެނެސްދިން ބައިސްކަލެއް ކަމަށް ވެއެވެ.
މިކަމަށް ބާރުދީ މިއީ ތެދުމަޢުލޫމާތެއް ކަމަށް ބުނަމުން ލަންދޫ އަޅިވިލާގެ އަލްފާޟިލް ޙަސަން ޙުސެއިން ބުނެފައިވަނީ އެއީ އެބޭފުޅާގެވެސް އެންމެ ޒުވާންދުވަސްވަރު ކަމަށާއި، އޭރު އެފަދަ އެއްޗެއް ރަށަށް ގެނެސްފިނަމަ އެންމެންވެސް ތިބެނީ ހައިރާންވެ އަންތަރީސް ވެފައިކަމަށެވެ.
ޙަސަން ހުސެއިން ގެ އިތުރުން ނ.ލަންދޫ ގަސްކަރަ މުޙައްމަދު ޒަކަރިއްޔާ އާއި، ނ.ލަންދޫ އަރިސް ޢަބުދުﷲ ދާއޫދުވެސް މިކަމަށް ހެކިވެ މިމަޢުލޫމާތަކީ ތެދެއްކަމަށް ބުނެއެވެ.
މިދެންނެވި މީހުންނާއި، އެދުވަސްވަރު ރަށުތެރޭގެ ޢާއްމު ދިރިއުޅުމުގެ ޙާލަތަށް ބަލާއިރު މިފަދަ އެއްޗެއް ގެނެވުމުގެ ޤާބިލްކަން އަލްމަރުޙޫމް ޒަކަރިއްޔާ ޙަސަން ލިބިފައިވާއިރު މިއީ ތެދުމަޢުލޫމާތުކަމަށް ޤަބޫލު ކުރެވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.
ކޮންމެއަކަސް ލަންދޫ އަށް ފުރަތަމަ ފަހަރަށް ބައިސްކަލެއް ގެނައުމުގެ ރެކޯރޑް ޤާއިމް ކޮށްފައިމިވަނީ ނ.ލަންދޫ އިރަމާގެ އަލްމަރުޙޫމް ޒަކަރިއްޔާ ޙަސަނެވެ. އެމަރުޙޫމްގެ ފުރާނައަށް ސުވަރުގޭ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.
1 ޚިޔާލު:
މިއީ ވަރަށް ބުރަ އެހާމެ ޒިންމާދާރު މަސައްކަތަކަށް ވާނެކަން ކަށަވަރު . ވަކި ބަޔަކު ޕްރޮމޯޓް ކުރުމުގެ ބޭނުމުގައި ހިންގޭ ބްލޮގަކަށް މިބްލޮގް ނުވެއްޖިއްޔާ ކިތަންމެހާވެސް ރަގަޅު.
إرسال تعليق
މިލިޔުމަށް ޚިޔާލު ދެއްވާ